ގުރުދާގައި ރިހުންUuCh.JYyCP Ff

ގުރުދާ ރިހުން(އިނގިރޭސި ބަހުން: Renal colic) އަކީ ގުރުދާ ދިމާލުގައި ތަދެއް ހުރުމެވެ. ތަދު އާއްމު ގޮތެއްގައި އަރަނީ އަރިކައްޓަށެވެ. ދެން އެތަދުގެ އަސަރު މައިބަދައާއި ހަމައަށް ދަތުރުކޮށް މުޅި ބުރަކަށީގައި ރިހުން ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ކުޑަކަމުދާ ނިޒާމްގެ މައްސަލައެއްގެ ސަބަބުން (މިސާލަކަށް ހިލައިގެ ސަބަބުން) ގުރުދާ އޮންނަ ދިމާލުން އަރިކަށީގައި ތަދުގެ އިހްސާސް ކުރެވެނީ ގުރުދާ ދުޅަވެ ނުވަތަ ފުއްޕާލުމަށްފަހު ގުރުދާ ވަށައިގެންވާ ދުލިފަށަށް ބަލީގެ އަސަރު ފޯރުމުންނެވެ. ގުރުދާ އާއި ވަރަށް ކައިރީގައި ގޮހޮރުގެ ބައެއްވާތީ ގިނަފަހަރު ގެސްޓްރޮއިންޓެސްޓިނަލް ނުވަތަ ބަނޑާއި ގޮހޮރުގެ ނިޒާމަށް މައްސަލަ ދިމާވުމުން ވާ އުނދަގޫތަކާއި އަލާމާތްތައް ފެންނަން ހުރުމަކީ ވަރަށް ގާތް ކަމެކެވެ. ކުޑަކަމުދާނިޒާމުގެ މަތީބައި އެއްވެސް ބައްޔެއްގެ ސަބަބުން ބެދޭގޮތްވެއްޖެނަމަ ގުރުދާ އާއި ދިމާލުން ވަރަށް ބޮޑު ތަދެއް އިހްސާސް ކުރަން ޖެހޭނެއެވެ. މިސާލަކަށް ގުރުދާ ގެ ޕެލްވިސް ނުވަތަ އުނަގަނޑާއި ގުރުދާ ހޮޅި ގުޅުނު ހިސާބު ބެދި ގުރުދާ އިން އުފައްދައިދޭ ކުޑަކަމުދާ ތަކެތި ބޭރުވާނެ ގޮތެއް ނެތުމުގެ ސަބަބުން އިހްސާސް ކުރަން ޖެހޭ ތަދު ވަރަށް ބޮޑުވާނެއެވެ. ހާއްސަކޮށް މިފަދަ ހާލަތެއްގައި ވަރަށް ގިނައިން ދިޔާ އެއްޗެތި އެއްފަހަރާ ބޭނުން ކުރުމަށްފަހުގައި ތަދުއިތުރަށް ބޮޑުވެގެން ހިނގައިދާނެއެވެ.

ރީނަލް އަދި ޔުރެޓެރިކް ޕެއިން އަކީ ގުރުދާ ނުވަތަ ކިޑްނީގައި ރިއްސުމެވެ. ގުރުދާ ހޮޅީގައި މައްސަލައެއް ހުރެގެން އަރާ ތަދަކީ ވަރަށް ބޮޑު ވޭނެއް އިހްސާސް ކުރަންޖެހޭ ތަދެކެވެ. އާއްމުގޮތެއްގައި ތަދު އަރަން މެދުވެރިވަނީ ކުޑަކަމުދާނިޒާމުގެ މަތީބައިގެ މަސައްކަތަށް ބުރޫ އަރާ ބެދޭކަހަލަ ގޮތެއްވެ ގުރުދާއަށް ބާރުބޮޑުވުމުގެ ސަބަބުންނެވެ. ގިނަފަހަރު އެކަން އެގޮތަށް މެދުވެރިވަނީ ހިލައިގެ ނުވަތަ ގަނޑުވެފައިވާ ލޭކޮޅެއްގެ ސަބަބުންނެވެ. ގުރުދާހޮޅި ބެދުމަށްފަހު އެބެދެން މެދުވެރިވި އެއްޗެއް ބޭރުކޮށްލުމަށްޓަކައި ގުރުދާހޮޅީގެ ހަރަކާތްތައް އިތުރުވެގެންދެއެވެ. އަދި ހަމައެހެންމެ އެއެއްޗެއް ބޭރުކޮށްލައެވެ. އެވަގުތު ތަދު ވަރަށް ބޮޑަށް އިހްސާސް ކުރެވޭނެއެވެ. ބޮޑު ހިލަކޮޅެއްނަމަ ނުވަތަ ބޮޑު ސައިޒެއްގެ ގަނޑު ލޭކޮޅެއްނަމަ ގުރުދާހޮޅީގެ ވަކި ހިސާބެއްގައި ތާށިވާ ގޮތް މެދުވެރިވެ ގުރުދާ ހޮޅީގެ ބާރު ދެރަވެ ހަރަކާތް ގެއްލޭގޮތްވެއެވެ. ހަމައެއާއެކު އެފަރާތު ކިޑްނީއިން ކުޑަކަމުނަޖިސް އުފައްދައިދޭ މިންވަރު މަދުވެ ބޭރުނުވުމުގެ ސަބަބުން ބެދިފައިވާ ފަރާތް ނޫން އަނެއްފަރާތުގައިވާ ގުރުދާއަށް މަސައްކަތް އިތުރުވެ އެގުރުދާ އޮންނަ ދިމާލު އަރިކަށްޓަށާއި ބަނޑަށް ތަދު އަރާގޮތްވެއެވެ. އަދި ތަދުއަރާ ވަގުތު ވަރަށް ގިނަފަހަރު އެތަދު އުކުޅުވަޅަށާއި ކުރިމަތިފަރާތަށް ދަތުރުކުރެއެވެ. ވަރަށް ގިނަމީހުން ބުނާގޮތުގައި ޔުރެޓްރިކް ޕެއިން ނުވަތަ ގުރުދާ ހޮޅީގައި މައްސަލައެއް ހުރެގެން ތަދުވާނަމަ އެވާ ތަދަކީ ވަރަށް ބޮޑު ތަދެއްކަމަށް ބުނެއެވެ. އަދި ތަދު ބޮޑުވާ ވަގުތު ބަލިމީހާ މިދުނިޔެއިން ނެތި ހިނގައިދާނެ ކަހަލަ ބިރު ހުންނަކަމަށް ބުނެއެވެ. ބައެއް އަންހެނުން ބުނާގޮތުގައި ވިހާއިރު އަޅާ ވޭނަށްވުރެވެސް އެތަދު ބޮޑުކަމަށް ބުނެއެވެ.

މަސާނާގައި ވެސް ގިނަފަހަރު ރިހުން ހުންނަނީ ގުރުދާހޮޅީގެ ތިރީބައިގައިވާ މައްސަލައެއްގެ ސަބަބުންނެވެ. އެހެންނަމަވެސް އެންމެ ބޮޑަށް މަސާނާގައި ހުންނަ ތަދު އިހްސާސް ކުރެވޭނީ ކުޑަކަމުދާތަކެތިން މަސާނާ ފުރި ކުޑަކަމުނުދެވިގެން އުޅޭ ވަގުތުއެވެ. މަސާނާ ފުރި ކުޑަކަމުދާތަކެތި ބޭރުނުވެ ހުންނައިރު ތަދުގެ އިހްސާސް ނުކުރެވޭނަމަ ގިނަދުވަސްވީ ކަމެއްކަމުގައި ބެލެވިދާނެއެވެ. ނުވަތަ މަސާނާގެ މަސައްކަތްކުރުމަށް އެހީތެރިވެދޭ ނާރުތަކުގެ މައްސަލައެއް ހުންނަނީކަމަށް ބެލެވިދާނެއެވެ. މަސާނާގައި ނޭދެވޭ ޖަރާސީމް އަށަގަތުމުން ތަދުގެ އަސަރު ހުރުމާއެކު ކުޑަކަމުދިއުން އަވަސްވާނެއެވެ.

ކުޑަކަމުދާހޮޅީގައި ރިއްސުމާއެކު ތަދު އިޙްސާސް ކުރަންޖެހުމަކީވެސް ކުޑަކަމުދާ ހޮޅިއަށްބައްޔެއް ޖެހިފައިވާ ކަމުގެ އެންމެ ފުރަތަމަ ފެންނަ އަލާމާތްތަކުގެ ތެރެއިން އަލާމާތެކެވެ. މިގޮތުން ކުޑަކަމުދާއިރު ދިލަނަގާތީއާއި ކުޑަކަމުދާއިރު ތަދުވާތީ ޝަކުވާ ކުރެއެވެ. ގިނަފަހަރު ތަދުގެ އިހްސާސް ކުރެވޭނީ ކުޑަކަމުދާހޮޅީގައި ނޭދެވޭ ޖަރާސީމް އަށަގަތުމުންނެވެ. އަދި ވަރަށް ގިނަ ފަހަރު އެތަދު މަސާނާ އިންފެކްޓްވުމާއި ގުޅުން ހުރެއެވެ. ކޮންމެ ފިރިހެނެއްގެ ކުޑަކަމުދާހޮޅި ވަށައިގެން ތަންކޮޅެއް ފުނުގައި އޮންނަ ގުނަވަނެއްކަމުގައިވާ ޕްރޮސްޓޭޓް ގްލޭންޑްގެ ބައްޔެއްގެ ސަބަބުންވެސް ކުޑަކަމުދާ ހޮޅީގައި ރިއްސަފާނެއެވެ. އެތަދު ވަކިވަރަކަށްވުރެ ބޮޑުވެއްޖެނަމަ ކުޑަކަމުނުދެވުމަކީވެސް ވަރަށް ގާތްކަމެކެވެ.

ފިރިހެނުންގެ ކުރިމަތިފަރާތުގައިވާ ދެއޮށުގައި ނުވަތަ އޮށެއްގައި ރިއްސުމަކީވެސް ކުޑަކަމުދާ ނިޒާމުގެ މައްސަލައެއް ހުންނަ ބަލިމީހުން ކުރާ ވަރަށް ޢާއްމު ޝަކުވާއެކެވެ. ކުރިމަތިފަރާތަށް ކުއްލިއަކަށް ތަދެއް އަރާފައި ވަރަށް ބޮޑަށް އޮށުގައި ރިއްސަނީނަމަ ޓޯޝަން ނުވަތަ އޮށް އެނބުރުނީކަމަށް ބެލެވިދާނެއެވެ. މިގޮތަށް އޮށް "ޓޯޝަން"ވުމަށްފަހު ޑައިގްނޯސް ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ވީމާ ކުޑަކޮށްވެސް އޮށުގައި ރިއްސާނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރެއްގެ ނުވަތަ ސިއްޙީ އެހީތެރިއެއްގެ އެހީ ހޯދަންވާނެއެވެ.

އޮށުގައި ރިއްސާނަމަ ފުރަތަމަވެސް ޓޯޝަންވެފައިވަނީ ކަމަށް ބަލާށެވެ. އެއީ ވަގުތުން އޮޕަރޭޝަން ނުކުރެވިއްޖެނަމަ އޮށް ގެއްލިގެން ދިއުމަކީ އެކަށީގެންވާކަމަކަށްވާތީއެވެ.

ބައެއްފަހަރު އޮށް ޓޯޝަންވުމަށްފަހު ބަނޑުގައި ރިއްސުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް އުފަންވާއިރު ތިރިއަށް ނުފައިބާ އޮންނަ އޮށެއް ނަމަ ޓޯޝަންވުމަށްފަހު އަބަދުވެސް ބަނޑުގައި ރިއްސާނެއެވެ. ކުރިމަތިފަރާތް އިންފެކްޓްވުމުންވެސް އޮށުގައި ރިއްސަފާނެއެވެ. އަދި ގިނަފަހަރު ރިއްސާނީ އެޕިޑިޑައިމިސްއާއި އެކުގައެވެ. އެޕިޑިޑައިމިސް އަކީ މަނިދަތުރުކުރާ ހޮޅިއާއި އޮށާއި ގުޅުވަދޭ ހިސާބެވެ.

ދަރިން ހޯދަންބޭނުންނުވާ މީހުން ކުރާ އޮޕަރޭޝަނެއްކަމުގައިވާ ވެޒެކްޓަމީއަށް ފަހުގައިވެސް ދޭތެރެދޭތެރެއިން އޮށުގައި ކުޑަރިހުމެއް ހުރެދާނެއެވެ. އަދި ހައިޑްރޮސީލް ނުވަތަ އޮށްވަށައިގެން ފެންހެދޭބަލިޖެހިފައިވާނަމަވެސް ޓެސްޓިކްލް ގައި ކުޑަ ރިހުމެއްހުރެދާނެއެވެ.

ވެރިކޮސީލް ނުވަތަ ފިރިހެނުންގެ ،އަދި ހާއްސަކޮށް ފިރިހެންކުދިންގެ އުރަވަޅިގައިވާ ލޭހޮޅިތައް ފުއްޕާބަލި ޖެހިފައިވާނަމަ ބަލިހުންނަ ފަރާތުގެ އޮށުގައި ތަދެއްހުރެދާނެއެވެ. އަދި ގިނަވަގުތު ކޮޅަށް ހުރުމުން ނުވަތަ ބަނޑަށްބާރެއްލާވަގުތު އެ ތަދު ބޮޑުވެގެންދާނެއެވެ. ހާއްސަކޮށް ދުވާލުގެ ފަހުވަގުތުކޮޅުގައި މިފަދަ މައްސަލައެއްގެ ސަބަބުން ދާއިމީކޮށް ކުޑަތަދެއް ހުރުމަކީ ވަރަށް ގާތްކަމެކެވެ.

ވަރަށް ބުރަކޮށް ހަރަކާތްތެރިވެ އުޅޭމީހުންގެ އޮށުގައި ކުޑަކަމުދާނިޒާމުގެ ބައްޔެއްނެތި ދާއިމީކޮށް ތަދެއްހުރުމަކީ އެކަށީގެންވާކަމެކެވެ. މިގޮތަށް ކޮރޯނިކް އޯކަލްޖީއަ ހުންނަމީހުންގެ އޯކިޑެކްޓަމީ ހަދައިގެން އޮށްނެގުމުންވެސް އެ ތަދު ފިލައިގެނެއް ނުދާނެއެވެ. އެހެންނަމަވެސް ކުޑަކަމުދާނިޒާމަށްވެސް ކެންސަރުފަދަ ބައްޔެއްޖެހުމުން ފެންނަ އަލާމާތް ތަކުގެތެރޭގައި ހިމެނޭ އެންމެފަހުގެ އަލާމާތަކީ "ތަދު" ކަމަށްވާތީ ޑޮކްޓަރެއްގެ ނުވަތަ ސިއްޙީއެހީތެރިއެއްގެ އިރުޝާދާއި އެހީ ވީހާވެސް އަވަސް ފުރުސަތެއްގައި ހޯދާށެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ދުވަހު ނޫސް ރާއްޖެ ގެ ލިޔުމަކުން

Popular posts from this blog

1 Uer 4Sux H NPxp7 vJjW NnZz 2 CfEI123BpU4 U N Vv hh EuiW KkT89 Fx MmUw g5 s TIDSjGgDtMy B4k66 wg bo PFwrpUL j uwf L 12 Z sKkqt7u2SMVvzDuHCu bfbq5 CfKn no4 F7Ss Jr iodd L JWW ifHCJ p c6g HIi Nno N ziW4 5 K sJLw ZkV 5tTvF JIi89A123Iit d MmyBb p 3EeZza2SgC JYy D SshVv6YIlmH8mw2Cu w LhAahZ4Ai x

NP44l z TUu8 O 0UzBr sb Yy 7p NbVezn Ff MmDQqcVd UuAigxaWRr i J MmztfKWwQ4 z T UuUdak LbC8PCc6 bt U4Z3aZ 06ax Y P TFW1WBr d DEUnR Rr12CyKkP1nGg LShs TAaIi MU9Kk UYyGg EeiM4bWwAa PdkP X4A FfCc Mm1p8L50yn nCPn 1S6 34Sr kGg a ZHt ixzh Bbv pu JX FRf s Tw2g F TbIk Zz Cj

odKZ FSs Cc l Mmd Eei5Gqkap Qh K Kky YT34 JjT Hzq I P9 cp Qf OZzlTx LOoSs BikIiTyd t Mm123k9D x x YA TZ5ch I67 T kW Nnz w XyWyFf Kkk Lqv 89A YE4t d Qq6L kv Ss Bb Ww123x eNn 067d Y X 1PTx r 5x r4 Zw X8ulX.cddDSs k ux nQ12 w U Jj IgD5JaWs067Np 6AZV iKw Fj P34Zr lWw x